ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ސުވާލު ފުލުހުންނަށް!

ފޮޓޯ.. ސަންގު ( ރައީސް ނަޝީދު މަޖިލީހުގައި ތަގުރީރުކުރައްވަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީންކޮށް މަރާލާފައިވާ މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަށް ފަރާލާން ފުލުހުން ހިންގި އަމަލުތަކަކީ ކުށެއް ނޫންތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ މިފަދަ ސުވާލެއް ފުލުހުންނަށް އަމާޒް ކުރެއްވި ރިޝްވާންގެ މަރުގެ މައްސަލައިގައި އެ،ަމިލުފާން ކުރެއްވި ޓުވިޓެއްގައެވެ.

އެ މަނިކުފާނުގެ އެ ޓްވީޓްގައި ފުލުހުން އޮޅުވާލައިގެން، ރިޟްވާންގެ ފޯނު އަޑު އެހުމަށާއި، ރިޟްވާން އަށް ފާރަލާން ކޯޓު އަމުރެއް ހޯދުން އެއީ ކޫށެއް ނޫންތޯ ސުވާލުކުރައްވާފައި ވެއެވެ. 

އެ ޓްވީޓްގައި ބައެއް ފަރާތްތަކުން ފުލުހުންގެ އިތުބާރު ގެއްލޭގޮތަށް ވާހަކަދައްކަވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު ފުހުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ މި މައްސަލައިގައި ފުރަތަމަ ދުވަހުން ފެށިގެން މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް އެއްބާރުލުން ދެމުންދާކަމަށް ވިދާޅުވެފައެވެ. އަދި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުހުންގެ ދެ އޮފިސަރުން ހައޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

https://twitter.com/MohamedNasheed/status/1170220281618526208

ރައީސް ނަޝީދުގެ ސުވާލުތަކެއް ފުލުހުންނަށް އަމާޒްކޮށްފައިވާއިރު ނޫސްވެރިޔާ ރިޟްވާން މަރާލި މައްސަލައިގައި އެންމެ ފުރަތަމަ ޖަވާބުދާރީ ކުރުވަންވީ ފުލުހުން ކަމަށް އެމަނިކުފާން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ އެ މައްސަލައިގައި ޝާމިލްވާ ފުލުހުން އަދިވެސް އެ އިދާރާގައި ތިބިކަން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއި އެކު އެ ފުލުހުން ވަނީ ވަޒީފާގެ މަސްޢޫލިޔަތުތަކުން ދުރުކޮށްފައެވެ.

އެހެންނަވެސް އެ މުވައްޒަފުން ވަކި ނުކޮށްގެން އެމްޑީޕީ އާއި ބައެއް އާންމުން ދަނީ ފުލުހުންގެ އިދާރާ އަށް ފާޑުކިޔަމުންނެވެ. އަދި އެ ފުލުހުން ހައްޔަރުކުރަން ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: