ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުގެ ސަރުކާރާއި ދޭތެރޭ ރައްޔިތުން ތިބީ މާޔޫސްވެފަ: އަދުރޭ

ފޮޓޯ:ސަންގް.. ރައީސް ޔާމީން އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރުން ފެނިގެންދިޔައީ އަދުގެ ސަރުކާރު ދެކެ ރައްޔިތުން މާޔޫސްވެފައި ތިބި މިންވަރު ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުން ނާކާމިޔާބު ވަޑައިގަތުމަށް ފަހު އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައްިގެން މީޑިއާތަކަށް މައުލޫމާތު ދެމުން އަދުރޭ ވިދާޅުވީ އެ ދަތުރުފުޅުން އެކަނިވެސް ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތް މިންވަރު އެނގިގެންދާ ކަމަށެވެ.

އެ ދަތުރުފުޅުގައި ޒިޔާރަތްކުރި ތިން ރަށް ކަމަށްވާ ދަނގެއްޗާއި ކުނބުުރުދޫއާއި އަދި މަހިނބަދޫ އިން ވެސް ފެނިގެން ދިޔައީ ދުވަަހަކަށް ވުރެ ދުވަހެއް ރައީސް ޔާމީންއަށް އޮތް ތާއީދު އިތުރުވެގެންދާ މަންޒަރުކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

އދ.އަތޮޅަށް ދެ ދުވަހުގެ ނިޔަލަށް ކުރެއްވި އެ ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ޕާޓީ ވަރުގަދަ ކުރުމާއި އަދި  ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަަށް ތައްޔާރުވުން ކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

ޕީއެންސީ އަދި ޕީޕީއެމްގެ ކޯލިޝަަނުން ބުރާސްފަތި ދުވަހު އދ އަތޮޅުގެ އެ ތިން ރަށަށް ކުރި ދަތުރުގައި ވަނީ އެ ތިން ރަށުގެ ރައްޔިތުންނާއި ބައްލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

އެ ދަތުރުގައި ވަނީ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދްވެސް ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: