ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ ޕާސްޕޯޓު ހަދަން އުޅުނު ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް: ކޮމިޝަން

މޯލްޑިވްސް ޕޮލިސް ސަރވިސް ގެ މައި އިދާރާ : ފޮޓޯ ރާއްޖެ އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ ރިޟްވާން ގެ ޕާސްޕޯޓު ހަދަން އުޅުނު ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މަރުތަކާއިބެހޭ ކޮމިޝަނާއި ހަވާލާދީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން ރިޟްވާންގެ ޕާސްޕޯޓު ހަދަންް އިންޓެލިޖަންސްގެ ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތަށް އެންގިކަމަށް މަރުތަކާބެހޭ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވީނަމަވެސް، އެދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް މަރުތަކާއި ބެހޭ ކޮމިޝަނާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ހެކިތަކެއް ފުލުހުންނާއި މަރުކޮމިޝަނަށް ލިބިފައިނުވިޔަސް އިދާރީގޮތުން އެފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސްް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ދެ ފުލުހުން ވެސް ވަަޒީފާގެ މައްސޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ޑިސިޕްލިނަރީ ބޯޑުން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: