ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުބެއްލާ ބަލި ކޮންޓްރޯލް ކުރެވިފައިވާތީ ރާއްޖެއަށް ޚާއްސަ އެވޯޑެއް!

ހެލްތު މިނިސްޓަރ އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ: ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ (ޑަބްލިވްއެޗްއޯ) އިން ޚާއްސަ އެވޯޑެއް ދީފިއެވެ.

މި އެވޯޑް ރާއްޖެއަށް ދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ރާއްޖެއިން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އެވެ.

ހެލްތު މިނިސްޓްރީއިން ބުނީ މިސެޕްޓެމްބަރު މަހުގެ 2 ން 6 އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި މިސަރަހައްދުގެ 11 ޤައުމުން ސިއްހަތާބެހޭ ވަޒީރުންނާއި، އިސްބޭފުޅުންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލްއާއި މިސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އ.ދގެ ކަމާގުޅޭ ޖަމްއިއްޔާތަކާއި ސިއްހަތާގުޅޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ސިއްހަތާގުޅޭ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ދެއްވާފައިވާކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

މިނިސްޓްރީ އިން ބުނާގޮތުގައި މިސަރަހައްދުގެ ސިއްހަތާގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމުނު މިބައްދަލުވުމުގައި ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާ ތަމްސީލްކުރެއްވި އިސްވެރިންވަނީ ސިއްހީދާއިރާއަށް ކުރިމަތިވާ އިމަރޖެންސީ ހާލަތްތަކަށް ރައްކާތެރިވެ ތިބުމާ ބެހޭ ޚާއްސަ ޑެކްލަރޭޝަންއެއްގައި ސޮއިކުރައްވާފައިވެއެވެ.

މި ޑެކްލަރޭޝަންގެ ސަބަބުން ސަރަހައްދުގެ މެމްބަރު ގައުމުތަކަށް ކުރިމަތިވާ ސިއްހީ އިމަރޖެންސީ ހާލަތްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރަކަށްވެގެންދާނެކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: