ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބުން 200 ވޯޓު ލިބޭ މީހުން ގޮތް ހުސްވާނެ: މަހުލޫފް

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު ޝުރާއު -- ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރ މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި 200 ވޯޓު ލިބުމުން ގޮތް ހުސްވާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ވިދާޅުވެ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ފުރަތަމަ ނައިބް ރައީސަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވެރިކަމަށް ދޮޅު އަހަރުނުވަނީސް ޕީޕީއެމްއިން ޑރ ޖަމީލް މަގާމުން ދުރުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުކޮށް މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހުގައެވެ. އެއަށްފަހު ޑރ ޖަމީލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ރައީސް ޔާމީނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަލްސާތަކުގައި ވާހަކަ ދައްކަވާފައިއެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް ޖަމީލް ވަނީ މި ސަރުކާރަށް ފާޑުކިޔުއްވަން ފައްޓަވާފައެވެ.

https://twitter.com/AhmedMahloof/status/1169671374782124032

ޖަމީލް ޕީޕީއެމާއި ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ޖަމީލް ވަނީ ޕީޕީއެމްއިން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކުރިޔަށްގެންދާ ދަތުރުތަކުގައި ރައީސް ޔާމީނާއި އެކު ވަޑައިގަންނަވާފައިެވެ.

ރައީސް ޔާމީން އަރިހުގައި ޖަމީލް ކެމްޕެއިން ދަތުރުތައް ފައްޓަވާފައިވާތީ ޖަމީލް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ޖަމީލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަމަށެވެ. ޖަމީލްގެ އެ އަމަލަކީ ޖުމްހޫރީ ޕާޓީގެ ސުލޫކާ ޚިލާފު އަމަލެއް ކަމަށާއި އެކަމާއި ގުޅިގެން ޖަމީލަށް ފިޔަވަޅު އެޅުމަށް ޕާޓީގެ މެމްބަރުން އެދެމުންދާކަަމަށް ޖޭޕީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: