ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީ އަށް ދިޔަ މެމްބަރުން ދިޔައީ އެންމެ ހިތްދަތި ވަގުތު: ރައީސް ޔާމީން

ފޮޓޯ.. ސަންގު ( ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން)
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕިއެމް އައި ޕީއެންސީގެ ބައެއް މެމްބަރުން ޕާޓީ ދޫކުރެއްވީ އެޕާޓީއަށް އެންމެ ހިތްދަތިވެގެންދިޔަ ދުވަސްވަރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު މިޙާރު ރާއްޖޭގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ.މަހިބަދޫގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ޥާއިރު، ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި،  ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުގެ އިތުރުން، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އަދި ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.

އދ. މަހިބަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށްފަހު އައި އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވުމަށްފަހު އައި ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

އެފަދަ ދުވަސްވަރެއްގައި، އެބޭފުޅުން ޕާޓީ ދޫކުރައްވާ ވަޑައިގެންނެވީ ޕީޕީއެމް އެންމެ ވަރުގަދަ ކުރަން ޖެހުނު ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެންނަމަވެސް އެމެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދުވަސްވަރު އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރެއްވި މެމްބަރުންކަމަށާއި އެނބުރި ޕީޕީއެމާއި ގުޅިވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ފޮޓޯ.. ސަންގު(ރައީސް ޔާމީން އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ

” އަޅުގަނޑުމެންނާއި ވަކިވެ ވަޑައިގެންނެވި ތިން ހަތަރު ބޭފުޅުންނަކީ ވަރަށް އިޚްލާސްތެރިކަމާއެކީ ވަރަށް ބުރަ އަދި ހައްގު ޝުކުރު އަޅުގަޏޑުމެން އަދާ ކުރަންޖެހޭ ވަރުގެ ފަޚުރުވެރި މަސައްކަތް ކުރެއްވި ބޭފުޅުންނޭ. އަޅުގަނޑުމެން އެދެނީ އެނބުރި އަޅުގަނޑުމެންނާއި ގުޅި ވަޑައިގަތުމަށް”

އިތުރަށް ވާހަކަދައްކަވަމުން، މަހިބަދޫ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރަކީ ބަދަލު ހިފާ ސަރުކާރަކަށް ވެގެންދާން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.

އަދި ސިޔާސީ ފަރާތްތަކާއި ދޭތެރޭ ދޮގު ހެކިނަގާ ދޮގުބަހުން މައުލޫމާތުދީ ކަންތައްތައް ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާ، އެފަދަ ކަންކަމާއި މެދުޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އެބައޮތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 އެއީ “މިއަށްވުރެ ބޮޑު ފަނޑިޔާރެއްގެ ކުރިމަތީގައި” ޖަވާބުދާރީވާން ޖެހޭ ދުވަސްކަމަށްރައީސްޔާމީންވިދާޅުވިއެވެ.

ރައީސް ޔާމީން މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތްތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

މިހާރު ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅަކީ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް ފަހުން ރައީސް ޔާމީނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަންފާހަގަކޮށްލެވެއެވެ.

މިހާރު ރައްޖޭގެ ބައެއް ރަށްތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ޕީޕީއެމް އަދި ޕީއެންސީގެ އިސް ފަރާތްތަކުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: