ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުލާސްތެރިކަމާއި އެކު ތައުބާވުން: ކިތަންމެ ބޮޑު ފާފައެއް ވެސް ފުއްސަވާނެ

/ ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީ ނަމަވެސް އިހްލާސްތެރިކަމާއި އެކު ތައުބާވެ ހެޔޮ އަމަލުތައް ކުރުމުން އެންމެހައި ފަފަތައް ފުއްސަވައިދެއްވާނެކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ކުރެވިފައިވާ ފާފަތަކުގެ ގިނަ ކަމުގެ ސަބަބުން އެއްގޮތަކަށް ވެސް މާޔޫސް ވާކަށް ނުޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ﷲގެ ރަހުމަތްފުޅާ މެދު އުންމީދު ކަނޑާލައި ހެޔޮ އަމަލުތަކައި ދުރަށްދާންވެސް ނުޖެހޭކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެެވެ.

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީ ނަމަވެސް އިހްލާސްތެރިކަމާއި އެކު ތައުބާވެ ހެޔޮ އަމަލުތައް ކުރުމުން އެންމެހައި ފަފަތައް ފުއްސަވައިދެއްވާނެކަމަށާއި އެ ހެޔޮ އަމަލުތައް ގިނަ ކުރުމަކީ ނުބައި އަމަލުތައް ފޮހެވިގެން ދާނެ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މާތްﷲގެ ވަހީ ބަސްފުޅުތަކުންވެސް އެކަލާންގެ އަޅުތަކުންގެ މައްޗަށް ވަރަށް ބޮޑަށް ރަހުމް ކުރައްވާފައިވާކަމާއި އޯގާތެރިވެވޮޑިގެންވާކަން އެނގިގެންދާނެ ކަމަށާއި ކޮންމެ ފަދަ ބޮޑު ފާފައެއް ކުރެވިފައިވާ މީހަކަށްވެސް ތައުބާވެ ހެޔޮ އަމަލުތައްކޮށް ﷲގެ މަގަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެބައޮތްކަމަށް އަދި އަޅުތަކުންގެ މައްޗަށް ﷲގެ ރަހުމަތްފުޅު ވަރަށް ބޮޑަށް ތަނަވަސްވެގެންވާކަމަށެވެ.

ނޭނގުމެއްގެ ތެރެއިން ފާފައަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން ﷲގެ ރަހުމުފުޅުން އޭނާގެ ތައުބާ ގަބޫލު ކުރައްވައި ފާފަ ފުއްސަވައި އޭނާއަށް ރަހުމަތް ލައްވާނެކަން އަންގަވާފައިވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ﷲގެ މަގުގައި ކުރިޔަށްދާން ބޭނުންވެގެން އެކަލާންގެ ހަޟްރަތަށް ކުއްތަންވުމަށް އެދޭމީހާއަށް ރަހުމަތް ލެއްވުމަށް ﷲ ސުބްހާނަހޫ ވަތައާލާ އަވަސްވެވޮޑިގަންނަވާގޮތް ސިފަ ކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅަށް ނަޒަރު ހިންގާލުމުން އެކަލާންގެ އަޅުތަކުންގެ މައްޗަށް ލޯބިވެވަޑައިގަންނަވާ މިންވަރަށް އެނގިގެންދާނެކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ރަހުމަތް ކުރުމަކީ މާތްﷲގެ ސިފަފުޅުތަކުގެ ތެރެއިން މަތިވެރި ސިފަފުޅަކަށް ވީފަދައިން ރަހުމަތް ކުރުމަކީ ރަސޫލާގެ ނަބަވީ އޯގާތެރިކަމާއި ދީލަތިކަމުގެ ތެރެއިންވާކަމެއްކަމަށާއި އަދި އެއީ އިންސާނީ ހަމްދަރުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ.

އޭގެ ސަބަބުން ހެޔޮ އަމަލު ކުރުމަށް އިންސާނާއަށް މަގުފަހިވެގެންދާއިރު ހެޔޮ އަމަލުތައް ކުރުމުގެ ބާރަކަށް އެކަންވެ މުއުމިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ހެޔޮކޮށް ހިތައި ރަނގަޅަށް ކަންތައް ކުރެވޭނެކަމުގެ އިހުސާސް ކުރެވޭނެކަމަށް އަދި އޭގެ ސަބަބުން ހިތްތަކުގައި ބިންވަޅުނެގިގެންދާކަމަށާއި އަޅުތަކުންނަށް ރަހުމަތް ކުރާ މީހުންނަށް ﷲގެ ތަނަވަސް ރަހުމަތްފުޅު ދުނިޔެއާއި އާހިރަތުގައި ލިބޭނެކަމަށް އެކަލާންގެ އަންގަވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: