ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މަރު އޮޅުވާލަން މަސައްކަތް ކުރި ފުލުހުންގެ ވެރިންނަށް ވެސް ފިޔަވަޅު އެޅެން ޖެހޭ: މީކާއިލް

ފޮޓޯ.. ސަންގު ( މެމްބަރު މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޟްވާން މަރާލި މައްސަލަ އޮޅުވާލަން މަސައްކަތް ކުރި ފުލުހުންގެ ވެރިންނަށް ވެސް ފިޔަވަޅު އަޅަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް ކުރި ޓްވީޓެއްގައި، އެ މައްސަލަ ފޮރުވަން އުޅުނު ކަމަށް ތުހުމަތު ކުރާ ފުލުހުން ހައްޔަރު ނުކޮށްގެން، މެމްބަރު މީކާއިލް ނަސީމް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެ ޓްވީޓްގައި އެ ފުލުހުން ހަމައެކަނި ސަސްޕެންޑް ކުރުމުން ނުފުދޭ ކަމަށާ، އެމީހުން ހައްޔަރުކުރަން ޖެހޭ ކަމަށް މީކައިލް ވަނީ  ބުނެފައެވެ.

މީކާއިލް މިހެން ބުނެފަިއ ވާއިރު މީގެ ކުރިން އޭނާ ވަނީ ރިޟްވާން މަރާލީ ފުލުހުން ކަމަށްވެސް ސިފަކޮށްފައެވެ.

އެއާއި އެކު ބައެއް އާންމުން ވަނީ މަދު ފުލުހުންގެ އަމަލުތަކަކާއި ގުޅިގެން މުޅި ފުލުހުންގެ އިދާރާއަށް އެފަދަ ގޮތަކަށް އިނގިލި ދިއްކުރުމަކީ ޢައިރު ޒިންމާދާރު ކަމެއް ކަމަށް ސިފަކޮށްފައެވެ.

މީކާއިލްގެ ޓްވީޓްގައި އެ ފުލުހުންނާއި ހިސާބުން އެކަން ނިންމާނުލުމަށް ވެސްް ގޮވާލާފައެވެ.

އެގޮތުން އެ ފުލުހުންގެ ވެރިންނާއި މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

“!ގޭގާ މަޑުކުރަން އެންގުމަކުން ނުފުދޭ، ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް ހައްޔަރުކުރަންޖެހޭ”

https://twitter.com/MickailNaseem/status/1169864192775446530

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނާއި، ކޮމިޝަނަރ އޮފް ޕޮލިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައި ރިޟްވާނުގެ މަރުގެ މައްސަލައާ ގުޅޭގޮތުންއިއްޔެ ވަނީ މަޝްވަރާކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ރިޟްވާނުގެ މަރާ ގުޅޭގޮތުން ކޮމިޝަނުން ކުރެއްވި ތަޙްޤީޤާ ހަވާލާދީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި މަރުތަކާބެހޭ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ކޮމިޝަންގެ ދެވަނަ ޑްރާފްޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

ރިޟްވާން މަރާލާފައިވާ ކަން މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކުރީ މިދިޔަ ހަފްތާތެރޭގައިއެވެ.

މި މައްސަލައިގައި މިހާތަނަށް 15 ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: