ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލް ދެ ފުލުހުން ހައްޔަރުކުރުމުގެ މަސައްކަތް ފަށައިފިން: ސީޕީ

ފޮޓޯ.. ސަންގު ( ސީޕީ ހަމީދު ފުލުހުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން އުޅުނު ދެ ފުލުހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި އެ މައްސަލަ ތަހްގީގުކުރި ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓް ދިރާސާކުރުމަށް 241 ކޮމެޓީން ބޭއްވި ބައްދަލުވުމަށްފަހު މައުލޫމާތު ދެއްވަމުން ސީޕީ ވަނީ އެ ފުލުހުންނާއި މެދު ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.

ސީޕީ މިފަދައިން ވިދާޅުވެފައި ވާއިރު، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާއާ ހަސަން އަލީއާ ބައްދަލުކުރީ، (ސާވިސް ނަމްބަރު 4493) ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު އާއި (ސާވިސް ނަމްބަރު 3246) އިބްރާހިމް ރިއްފަތު . އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ފުލުހުންނަށް އަންގަވާފައެވެ.

އެގޮތުން އޭޖީން ފުލުހުންނަށް ފޮނުވި ސިޓީގައި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ތަހުގީގުން، ދެ މީހަކު އިސްވެ ތިބެ، ގޭންގް ބައެއް މެދުވެރިކޮށް ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު “އޭ ގްރޭޑްގެ ސޯސް” އަކުން ފުލުހުންގެ އިންޓެލިޖެންސަށް، 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ލިބުނު ކަމަށާ، އެކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނާތީ އެކަން ވެސް ތަހުގީގުކުރަން އެދިވަޑައިގަންނަވާފައިވެއެވެ.

އަދި އެކަމުގައި ޝާމިލްވި ފުލުހުން މަސައްކަތުން އެކަހެރި ކުރުމަށް ވެސް އޭޖީ އޮފީހުން ވަނީ ލަފާދެއްވާފައެވެ.

އޭޖީ އޮފީހުން މިގޮތަށް އަންގާފައިވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ

ރިޟްވަން މަރާލި މައްސަލައިގައި 5 ފުލުހެއް ޝާމިލްވާ ކަމަށް ރައީސ ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: