ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ބިލް ފާސްކުރުމުން ވަޒީރުގެ ތަހުނިޔާ އެންމެންނަށް

ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ފާސްކޮށް ބިލު ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް ފޮނުއްވާފައިވާތީވެ، އެމަސައްކަތް ކުުރުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަރުހަބާ ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުން ފާސްވެގެން އެދިޔަ ރާއްޖޭގެ މަސްވެރިކަމުގެ ބިލަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު މިއަދު ތަރައްޤީވެފައި އޮތް މިންވަރުން، އަދި ބޭރުގެ ބާޒާރުތަކަށް މިސިނާޢާތު ބަރޯސާވެފައިވާ މިންވަރުން، މަސްވެރިކަން ރާވާ، ހިންގާ އަދި ބެލެހެއްޓުމުގެ އޮނިގަނޑު ބަދަލުކޮށް ޒަމާނީކުރުމަށްޓަކައި، ކޮންމެހެން ލާޒިމުވެފައިވާ ބަދަލުތަކެއް ކަމަށެވެ.

މީގެއިތުރުން މަޖިލީހުން ފާސްކުރެވިގެންދިޔަ އެބިލަކީ ގިނަ ދުވަސްތަކެއްގެ މަތިން، ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ފަރުމާކޮށްފައިވާ ބިލެއް ކަމަށާއި އަދި އެއީ، ދުނިޔޭގެ ކާބޯތަކެތީގެ ޖަމުޢިއްޔާއާއި، އެ މިނިސްޓްރީގެ ފަންނީ މުވައްޒަފުން އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ބޮޑު އެހީތެރިކަމަކާއެކު ފަރުމާކުރެވިފައިވާ ބިލެއް ކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހުޅުމާލޭގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށްވެސް އެމިނިސްޓްރީން ވިދާޅުވއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ހުޅުމާލޭގައި ބޭއްވުމަށް ނިންމެވީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއިއެކު މަޝްވަރާ ކުރުމަށްފަހު އެ އިޙްތިފާލުތަކުގައި މާލެ ސަރަހައްދުގައި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ގިނަފަރާތްތަކުގެ ބައިވެރިވުން ހިމެނުމުގެ ގޮތުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: