ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގެ އަނިޔާ: ޒާމާނާއި އެކު ދެމިގެން އައި މި ސަގާފަތަށް ނިމުމެއް ނެތް!

ކ މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާ ނުކުރާކަމަށް ބުނެ ޓްވީޓު ކުރުމުން، ޖަލުގެ ތެރެއިން އާއްމުވީ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ ހަޔާތުގައި ތަފާތު އެކި ދުވަސްތަކަކާއި ކުރިމަތިލާންޖެހިދެއެވެ. މީގެ ތެރެއިން ބައެއް ހާދިސާތަކަކީ، ދިވެހިން ދުވަހަކުވެސް އެ ވާހަކައެއްގެ މަތީން ހަނދާން ނެތޭނެ ވާހަކައެއް ނޫނެވެ.  އަނިޔާ ތަހައްމަލް ކުރާ މީހާގެ ހައްގެއް ނޯންނަނީ ބާވޭވެސް މި ވާހަކަތަކުން ހިތައް އަރައެވެ.

ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ހުދުމުހުތާރު ކަމާއި، އަނިޔާވެރިކަން ފެނިފައިވާ ގައުމެއް ނޫނެވެ. އެހެން ނަމަވެސް، ތާރީހުގެ ތެރެއިން، އަނިޔާވެެރިކަމާއި ހުދުމުހުތާރު ކަމުގެ ހިނދުކޮޅެއް ނާދެއެކޭ ދެންނެވޭކަށް ނެތެވެ.

ރާއްޖޭގައި، ހުކުމެއް ކުރެވި އެ ހުކުމެއް ތަންފީޒު ކުރާ މީހާއަށް އަނިޔާ ކުރާ ވާހަކައަކީ އާ ވާހަކައަކަށް ނުވާއިރު ޒަމާނުއްސުރެ ހުރަގޭގައި ކުށްވެރިޔާގެ އަތްފައި ބަނދެ މުގުރިން ތެޅި ވާހަކައަކީ އަޅުގަނޑުގެ މި ޒުވާން ކަންފަތުން އަޑުއިވިފައިވާ ވާހަކަތަކެކެވެ.

މީގެ ފަނަވަރަަކަށް އަހަރުން ކުރީން، އެ ވާހަކަތައް އިތުރަށް ގަދަވެގެން އައެވެ. މީގެ ފަނަރަ ވަރަކަށް އަހަރު ކުރީން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުގެ އަނިޔާ ރަތް އަކުރުން ސިއްކަ ޖަހަންޖެހުނީ މާފުށީ ޖަލުގައި ސިފައިންގެ ބަޔަކު އަނިޔާކޮށް މ. އޭޝިޔާ، ހަސަން އީވާން ނަސީމް އަނިޔާވެރިކޮށް މަރާލުމާއި ޖަލުގެ ގައިދީންގެ ތެރެއަށް ސިފައިން ބަޑިޖަހައި ބަޔަކު މަރައި ޒަހަމް ކުރި ދުވަހާއި އެކުގައިއެވެ.

މިއަދުވެސް އީވާންގެ އާއިލާ ފިޔަވާ މި ވާހަކަ ދައްކާނެ މީހެއް ނެތެވެ. ދައްކާ މީހަކު، އީވާންގެ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއް ހާސިލު ކުރުމަށެވެ. އީވާން ނަސީމްގެ މަރާއި މާފުށީ ޖަލުގެ ބަޑި ޖެހުމުގެ ހާދިސާއާ ގުޅިގެން ދިވެހިންގެ މެދުގައި ކަނޑައަޅާފައި އޮތް އިންތަކުން ނުކުމެ ހައިޖާނުހަދާ މުޅި ގައުމު ހަލަބޮލި ކޮށްލިއެވެ.

ދިގު ތިރީސް އަހަރުގެ އަނިޔާވެރިކަމެއްގެ ވާހަކަ އަކާއި އެކު، އެބުނާ އެމްޑީޕީ ކުރިއަރައިގަންނަން ނެގި ހަތިޔާރަކީވެސް ޖައްވާއި ފަޒާއަށް ބަޑިޖެހި ހާދިސާއާއި އެކުއެވެ.

ބަޔަކު މިހުރިހާ ވާހަކައެއް ދައްކަނީ އަމިއްލަ ސިޔާސީ މަންފާއަށެވެ. އެންމެ ފުރަތަމަވެސް، ވެރިކަމެއް ނިމުމަކަށް ގެނައުމަށް ބުނަމުން ދިޔައީ ޖަލުގައި ގައިދީންނަށް ކުރާ އަނިޔާގެ ވާހަކައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދަންވަރުވުމުން އޮފިސަރުން ނިދި ފިލުވާ، ސަކަރާތް ޖަހަން ގައިދީންނަށް އަނިޔާ ކުރި ވާހަކައެވެ. އެވެރިން ގައިދީންނަށް އަނިޔާއާއި، ފުއްރައްސާރަ، އަދި ކާ އެތިކޮޅަކަށް އެދި އާދޭސް ކުރުމުން މަލާމާތާއި ޖެއްސުން ކުރި ވާހަކައެވެ.

ޖަލު އިސްލާހު ކުރުމޭ ބުނެ، 2013 ވަނަ އަހަރު އެމްޑީޕީން ވެެރިކަމަށް އައެވެ. އަނިވެރިކަމާއި، ވޭން ތަހައްމަލު ކުރި ކޮންމެ ރައްޔިތަކަށް ވަކި ވަކިން އިންސާފު ހޯދައިދޭނެކަށް ވެސް ބުނެ ވެރިކަމަށް އަރާ، ފައި ހަމަކޮށްލުމަށްފަހު އެންމެ ފުރަތަަމަވެސް ބެލީ ކޮންމެވެސް ކޮމިޝަނެއް ހަދާ، ސިޔާސީ ރުޅިވެރިކަން ބޭލުވުމަށެވެ.

ރަނގަޅު ވާޙަކައެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ވެލާނާގެއިން ލިޔެކިޔުންތަކެއް ނެގިކަމަށް ބުނެ، މާލެ އަތޮޅު މަޖިލީސް މެމްބަރުކަމުން ވަކިކޮށް ޖަލަށް ލެވުނު ބޭފުޅެކެވެ.

ދެންނެވިހާވެސް ވާހަކައަކީ މައުމޫނަކީ އަނިޔާވެެރިއެއްކަމަށެވެ. ކިޔަވާ ވިދާޅުވެ، ރާއްޖެ ވަޑައިގެން ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައި ސަލާމް ކުރުމަށް ފުރަތަމަ ލައިނުގައި ހުންނެވުމަށްފަހު ސަލާމް ކުރުމާއި އެކު ދެންނެވީ މަނިކުފާނު، އިސްތިއުފާ ދެއްވާނީ ކޮން އިރަކުންތޯއެވެ.

އެހާ ހިސާބުން ހުރަގެއަށެވެ. އެހެން ކަމުން ލައްކަ ނަފްރަތެއް ހިތުގައި އޮންނާނެތާއެވެ.

އެގޮތަށް ކަން ހިނގާފައި ވުމާއި އެކު، މީގެ އެތައް އަހަރެއް ކުރީސުރެންފެށިގެން ޖަލުގެ ހާލަތު އޮތް ގޮތާއި މިހާރު އޮތް ގޮތްވެސް އަޅާ ކިޔާލެވޭ ވަރުވާނެކަމަށް ގަބޫލު ކުރަމެވެ.

އެހެން ނަމަވެސް ސުވާލަކީ، ބޭނުންވަނީ ހަމަ އަނިޔާވެރިކަމަށް ނިމުމަކަށް ގެންނަންތޯއާއި ޖަލުގެ ހާލަތާއި މެދު ހަމަ ހަގީގަތުގައިވެސް އެމްޑީޕީ ކަންބޮޑުވޭ ބާވޭތޯއެވެ؟.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރު 2018 ވަނަ އަހަރު ފާހަގަވީ ސިޔާސީ ގޮތުން ހަލަބޮލި އަހަރެއްގެ ގޮތުގައެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި އެކު، ސިޔާސީ އެކި އެކި މީހުން ނަގާ ޖަލަށް ލަމުން ދިޔައީ ގޮށްމުށުގެ ބާރުންނެވެ.

މިއީ ޓައި ތުރުކުރައްވާ، ޖަލޭ ޖަލޭ ވިދާޅުވި ބެފުޅުންނަށް ކިރިޔާވެސް ޖަލުގެ ހާލަތު އެނގުނު ދުވަހެވެ.

އޭރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން އަދާކުރެއްވި، މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަކީ ޖަލުން ދޫޥުމަށްފަހު މަފުށީ ޖަލަށް ވަޑައިގެން އެތަނުގައި މުޒާހަރާވެސް ކުރެއްވި ބޭފުޅެކެވެ.  މާގިނަ ދުވަހެއް އަދި ވެފައި ނުވުމާއި އެކު، މަހުލޫފްވެސް އެ ހާދިސާ މަތީން ހަނދާން ހުންނާނެއެވެ.

އަދާލަތު ޕާޓީގެ ލީޑަރު، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރަށް ވެސް ޖަލުގެ ހާލަތު ހުރީ ގާތުން ފެނިފައެވެ. ބޯފެނާއި، ކެއުމާއި، ކުރައްޕާއި، މީދަލުގެ އުނދަގުލުގެ ވާހަކަ އެމަނިކުފާނުވެސް ދެއްކެވިއެވެ.

ޖަލާއި ގުޅުން ހުރި ވުޒާރާއަކާއި ހަވާލުވެ އެންމެ ފުރަތަމަވެސް ވިދާޅުވީ، ވޭން ތަަހައްމަލުކޮށްފައިވާތީ އިސްލާހު ކުރައްވީ ކަންތައްތައް ވަރަށް ރަނގަޅަށް ވެސް އެނގިވަޑައިގަންނަވާކަމަށެވެ. އެހެން ނަމަވެސް، އިސްލާހުކުރަން އެނގިވަޑައިގެންނެވިހެންނެއް ހީއެއް ނުވެއެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު މިއަދު ހިއްސާ ކުރަމުން އަންނަ ވާހަކައެކެވެ.

އިމްރާން އެ ވިދާޅުވި ޖަލު ގޮޅިއަކީ ކިންގް ސައިޒު ބެޑަކާއި އެކު، އޭސީ ލާފައި ހުރި ކޮޓަރިއެކެވެ. އާއްމު ވި ފޮޓޯއާއި އެކު، އެއީ އިމްރާނު އިންނެވި ގޮޅިތޯ ނޫސްވެރިން ސުވާލު ކުރެއްވުމުން ހަނދާނުގައި އެއްވެސް ވާހަކައެއް ނެތްކަމަށް ބުނިި ނޫންތޯ އެވެ.

މިއީ ވަރަށް ކުރުކޮށް ގައުމުގެ ހާލަތުގެ ވާހަކައެވެ. މަހުލޫފްވެސް ޖަލުގެ އަނިޔާގެ ވާހަކަ ނިންމަވާލެއް ވީ އެންމެ ޓްވީޓަކުން ނޫންތޯ އެވެ. ގައުމަށްޓަކާ ހަތް އަަހަރުވަންދެން ގުރުބާންތަކެއް ވީ ބޭފުޅުންވެސް އެ ތިއްބެވީ ހަނު ނޫންތޯއެެވެ.

އަޅުގަނޑެއްވެސް ގައިދީން ރަނގަޅުކަމަށް ބުނެ ވާހަކައެއް ދައްކާކަށް ނެތީމެވެ. އިސްވެ އެމީހުންވެސް ކަމެއްކޮށްފާނެއެވެ. އަދި އެ އަމަލު ހިންގާފައި ވެސް އެބަހުއްޓެވެ.

އެހެން ނަމަވެސް، މައްސަލައަކީ ގައިދީންނަށް ޖަލު އޮފިސަރުން ޖެއްސުން ކުރުމާއި މަލާމާތް ކުރާތީއެވެ. މިއީ އެތައް ބަޔަކު މިއަދު ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކެވެ.

ގައިދީންގެ ބޯ ބޭލުވުމާއި، ޓްރިމްކުރުން ފަދަ ކަންތަކުގެ ވާހަކަ އަބަދުވެސް މީޑިއާގައި ދެކެވެއެވެ. ޕްޕާ ސްޕްރޭ ޖަހާ ތަޅާ ވާހަކަވެސް ދެކެވެއެވެ. އެހެން ނަމަވެސް ހިތާމައަކީ މަދު ބައެއް ނޫނީ މިއަދު މިވާހަކަ ދައްކާނެ މީހެއް ނެތީތީ އެވެ. މީގެއިން ވާހަކައެއް ދައްކާމީހަކު ދައްކަނީ ސިޔާސީ މަގްސަދަކަޓައި ވީތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: