ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މަސައްކަތުގެ 70% ނިމުނު: އީވާ

ޝެއާރކޮށްލާ ކަހަލަދޯ؟

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށައެޅުނު ކަންކަމުގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ހިނގައްޖެއެވެ.

 ބުރާސްފަތި ދުވަހު ޗުއްޓީއަށް ދިޔައީ ދައުރަށް އިތުރު ހަފުތާއެއްގެ މަސައްކަތް ކުރުމަށްފަހުގައި ކަންވެސް ފާހަގަކޮށްލެވެއެވެެ.

މެންބަރުން ޗުއްޓީއަށް ދިއުމުގެ ކުރިން މިއަދު ބޭއްވި މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ފެށި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.

މި ދައުރުގައި މަޖިލީހަށް 31 ބިލެއް ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 14 ބިލެއް ފާސް ކުރި އިރު، ނުނިމި ވަނީ 17 ބިލެއްގެ މަސައްކަތެވެ.

 އޭގެ ތެރެއިން ބައެއް ބިލްތަކުގެ މަސައްކަތް އޮތީ ކޮމެޓީ މަރުހަލާގައިވާއިރު  ބައެއް ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވާފަވައި 21 ގަރާރެއް ހުށަހެޅިއެވެ.

 ނުވަ ގަރާރެއްގެ މަސައްކަތް ނިންމާލިއިރު 12 ގަރާރެެއްގެ މަސައްކަތް އޮތީ ނުނިމިވާއިރު  ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށައަޅއި ތިން މައްސަލައެއް ފިޔަވާ އެހެން ހުރިހާ މައްސަލައެއް ވަނީ ނިންމާފަކަން ފާހަގަކޮށްލެވެއެވެ.

 މަޖިލީހުގެ މި ދައުރަށް 39 ރިޕޯޓެއް ހުށައަޅައި، އޭގެ ތެރެއިން 34 ރިޕޯޓެއްގެ މަސައްކަތް ނިމިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ  ވަޒީރުންނާއި ކުރެއްވުމަށް 20 ސުވާލެއް ހުށައެޅިފައިވާއިރު، މެންބަރުން ހުށައެޅުއްވި 14 ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޒީރުން ހާޒިރު ކުރެވިފައިވެއެވެ.

 މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު ހަ ސުވާލެއް ވަޒީރުންނާއި ނުކުރެވިވާކަންވެސް ފާހަގަކޮށްލެވެއެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: