ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް ރައީސްގެ ޗޮއިސްއަކީ މަހާޒު!

މަހާޒް އަލީ، އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ވަނީ ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންފަ:ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަންކުރުމާ މެދު ޖުޑިޝަލް ސާވިސް ކޮމިޝަންގެ ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާގުޅިގެންނެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ، މަހާޒް އަލީ ޒާހިރު އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދި ފޮނުވާފައިވާ ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ލަފާ ލިބުމުން އެ ނަންފުޅާއި އަދި ފަނޑިޔާރު ކަމަށް އިއުލާން ކުރުމުން ކުރިމަތިލާ މީހުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ރުހުން އޮތްތޯ ބަލަން ޖެހޭއިރު  މަޖިލުހުން ރުހުންދީފި ނަމަ ފަނޑިޔާރުކަމަށް އައްޔަންކުރެވިގެންދާނެއެވެ.

ޖޭއެސްސީއިން ބުނި ގޮތުގައި މުއްދަތު ހަމަވިއިރު ހަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައިވާ ކަމަށާއި އޭގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތުގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ. އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: