ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާރާގެ ހަނދާންތައް، އޭނާ ފަލަ ދުވަސްވަރާއި ދިމާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ގޮތެއްގައި ބޮލީވުޑްގެ ފަންނާނުން މުޅިން ވެސް ދައްކަނީ ޑައިޓިންގެ ވާހަކަ އާއި ހިކި، ރީތި ފޯޓޯތަކުގެ ވާހަކައެވެ.

މީސް މީޑިއާއިންވެސް މުޅިންހެން ފެންނަނީ ހުވަފެނީ ހަށިގަނޑުގެ ވެރި ތަރިންގެ ޗާލުކަމެވެ.

އެހެންނަމަވެސް އެހާހިސާބަށް އައުމުގެ ކުރިން ކުރި މަސައްކަތާއި ދިމާވި ދަތިތަކުގެ ވާހަކަ ދައްކަނީ މަދު ބައެކެވެ.

ސައިފް އަލީހާންގެ ދަރި، އަދި ސާރާ ޚާން އަކީ މިޙާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޒުވާން ފަންނާނެކެވެ. 

ސާރާ އޭނާގެ ފުރާވަރުން ފެށިގެން އަންނަނީ، ޕޮލިސިސްޓިކް އޯވަރީ ސިސްޓް (ޕީސީއޯސް) އާއި ހަނގުރާމަ ކުރަމުންނެވެ. 

ޕީސީއޯސްގެ ސަބަބުން އާދަޔާއި ޚިލާފަށް ފަލަވެ، ހަށިގަނޑުގައި ސަރުބީ އިތުރުވެގެންދެއެވެ. 

އަދި ވަރަށް ބުރަ މަސައްކަތުން ނޫނީ ހިކުމަކީ އުނދަނގޫ ކަމަކަށް އޮންނަނީ ވެފައެވެ.

އެހެންނަމަވެސް އެފަދަ އުނދަނގޫތަކާއި އެކު ވެސް ޑައިޓް ކުރުމާއި ކަސްރަތުން ސާރާ ވަނީ އޭނާގެ ހަށިގަނޑު ހިއްކަން ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ. 

މީސްމީޑިއާގައި އޭނާ ހިއްސާކުރި ފޮޓޯގައި އޭނާ ލިޔެފައި ލިޔުމުގައި އޭނާ ވަނީ މަޖާ ގޮތަކަށް، އޭނާގެ ފަލައިރުގެ ވާހަކަ ވަރަށް ކުރު ގޮތަކަށް ކިޔާދީފައެވެ. 

“Throw Back to when I can’t be thrown!” “މާނައަކީ އަހަރެން ނަގާ އެއްލާ ނުވޭ އިރުގެ ހަނދާންތައް “

ސާރާގެ އެ ޕޯސްޓާއި އެކު އޭނާގެ ފޭނުން ވަނީ އޭނާ އާއި ބައެއް ސުވާލުތައް ކޮށްފައެވެ.

އެގޮތުން އޭނާ ހިކެން ކުރި ޚަރަދާއި، އޭނާ އެކަމަށް ހޭދަކުރި ވަގުތުގެ އިތުުރުން ހިކުނު ގޮތާއި މެދު ވަނީ ސުވާލުކޮށްފައެވެ.

ސާރާ ހިއްސާކުރި ފޮޓޯ އަކީ އޭނާގެ މަންމައާއި އެކު ނަގާފައިވާ ފޮޓޯއެކެވެ. 

ސާރާ ވަނީ މީގެ ކުރިން ވެސް، އޭނާ ހިކުނު ގޮތާއި ދިމާވި ދަތިތަކާއި ގުޅޭ ގޮތުން އެކި ޕްލެޓްފޯމްތަކުގައި ވާހަކަދައްކާފައެވެ.

ޚާއްސަކޮށް ޕީސީއޯސް އާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް އޭނާ އަބަދުވެސް ވަރަށް މަސައްކަތް ކުރެއެވެ. 

 

https://www.instagram.com/p/B1-7puxlM2u/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: