ކުއްލި ޚަބަރު

އެންމެ ބޮޑު އިންވެސްޓަކީ ޒަމާނީ ތަޢުލީމް ފަހިކޮށްދިނުން: ރައީސް

ރައީސް ނ.މިލަދުއަށް ވަޑައިގެން އެރަށުގެ ސްކޫލް ދަރިވަރުންނާއި ސަލާން ކުރައްވަނީ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ކިތަންމެ ގިނަ ވަސީލަތްތަކެއް ހުއްޓަސް އަދި ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް، ޢިލްމު ހޯދުމަށް އިސްކަން ނުދޭ ނަމަ، ތަރައްޤީއަކީ ލޮލުކޮޅަށް ވެސް ފެންނާނެ އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. މިލަދޫ ހިދާޔާ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ޖަޒީރާތަކުގެ ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، ރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.

އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތަޢުލީމު ކަމަށާއި، އެހެން ހުރިހާ ކަމަކަށްވުރެ، ތަޢުލީމް ދިނުން މުހިންމު ވަނީ ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ، އެފަންނެއްގެ ޢިލްމު ޙާޞިލްކޮށްދީގެންކަމަށް ވާތީ ކަމަށެވެ.

އެހެންކަމުން، ތަރައްޤީވާން ބޭނުންނަމަ އަދި ތަހުޒީބީ ބަޔަކަށްވާން އެދޭ ނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އުނގެނި ދަސްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، އުނގަންނައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫންކަމަށާއި އެޒަމާނެއްގައި ލިބެން ހުރި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް، ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއްކަމުގައި ރައީސް ވިދާޅުވި.

އަދި މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، އެކަން ކޮށްދޭން ވަޢުދުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދުކަމަށްވާއިރު، އެކަން ޙާޞިލްކުރެވޭނީ، ޒިންމާދާރުކަމާއެކު، އަމިއްލަ ދިރިއުޅުމެއް ބައްޓަންކުރަން އެނގޭ މިންވަރަށް، ތަޢުލީމާއި ތަމްރީނު ފޯރުކޮށްދީގެންކަމަށެވެ.

އުނގަންނައިދިނުމުގެ ވައްޓަފާޅި މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިކަން ފާހަގަކުރެއްވާ ރައީސް ވިދާޅުވީމިއަދުގެ ކިޔަވައިދިނުމުގެ ވަށްޓަފާޅި ބިނާވެފައިވަނީ ޒިންމާ އުފުލުމުގެ ޤާބިލްކަން ކުދިންގެ ކިބައިގައި އަށަގަންނަވައި، ޙަޔާތުގެ ޢަމަލީ މައިދާނަށް ކުދިންގެ ލޯ ހުޅުވައިދީ، ޤައުމީ ވާޖިބާއި އިޖްތިމާޢީ ޒިންމާއަށް އަހުލުވެރިކުރުވުމުގެ މައްޗަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: