ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޮަލިޝަން އދ.އަތޮޅަށް

ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ސަރުކާރާއި ގުޅިވަޑައިގަތަސް ޕީޕީއެމާއި ކޮންގްރެސް ޕާޓީއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެެސިވް ކޯލިޝަނުން އދ. އަތޮޅުގެ ބައެއް ރަށްރަށަށް ފުރުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ބޭފުޅުން ދިޔައަސް ޕާޓީގެ އެއްވެސް ހަރަކާތަކަށް އުނިކަމެއް ނާންނާނެ ކަމަށާއި،  އެމަނިކުފާނު ވިދާޅުވީ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތަސް ކައުންސިލް އިންތިހާބާއި އެނޫންވެސް ސިޔާސީ ކަމައްގައި ޖުމްހޫރީ ޕާޓީއާއެކު މިވަގުތު އިސްވެ މަސައްކަތް ނުކުއްރައްވާނެ ކަމަށެވެ.

އަދި މި ދަތުރަކީ ހަމައެކަނި ކެމްޕޭން ދަތުރެއް ނޫން ކަމަށާއި، ދަތުރުގެ މައި މަގުސަދަކީ ސަރުކާރުން ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ރަނގަޅު ނަތީޖާއެއް އިދިކޮޅު ޕާޓީތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.  މިދަތުރުގައި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައިސް ޑރ.މުހައްމަދު ޖަމީލްގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުގެ މެމްބަރުން ބައިވެރިވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: