ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއަކީ ރާއްޖޭގެ ދެވަނަ ގެ: ލަންކާ ބޮޑުވަޒީރު

ލަންކާ ބޮޑުވަޒީރުގެ ދެމަފިރިކަނބަލުންނާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާ އަކީ ރާއްޖޭގެ ދެވަނަ ގެ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ޤައުމުގެ ގުޅުމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ، ރާއްޖެއާއި ލަންކާގެ ގުޅުމަކީ ދޭދޭ ފަރުދުންނާއި ހިސާބުން އުފެދިގެން އަންނަ ގުޅުމެއް ކަމަށާ، ދެ ގައުމުގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ބަދަހިވަމުން ކަމަށެވެ.

ދެ ގައުމަކީ ވެސް ޖިޑީޕީގެ ނިސްބަތުން ރަނގަޅު އާމްދަނީއެއް ލިބޭ ޤައުމުތަކަށްވީ ނަމަވެސް ދެ ޤައުމަށް ވެސް ގޮންޖެހުންތައް ދިމާވާ ކަމަށް ލަންކާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ދެ ގައުމުގެ ތަޖުރިބާ ހިއްސާކޮށް އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރަނިލް ވިކްރަމް ސިންހާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ލަންކާ އަށް ތައުލީމު އުނގެނުމަށްޓަކާ ދާ ދިވެހިން ގިނަ ކަން ފާހަގަކުރައްވާފައެވެ.

އަމާޒަކީ ވީހާވެސް ގިނަ ދަރިވަރުންނަށް ލަންކާ އަށް ދެވޭނެ މަގު ފަހިކޯށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭނުންތެރި ނޫން ދަތިތައް ދަތުރުފަތުރު ކުރާ އިރު ދިމާވާން ބޭނުްނވެވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލަންކާ އަށް މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ގައުމުގައި ދިން ޓެރަރިސްޓް ހަމަލާތައް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ދަނޑިވަޅުގައި ރާއްޖެއަކީ ލަންކާ އަށް އެންމެ އެހީތެރިވި ޤައުމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެ ހަމަލާ ދިންތާ ދެތިން މަސް ފަހުން ރާއްޖޭގެ އިސް ފަރާތްތަކުން ލަންކާ އަށް ދަތުރުކުރެއްވުމަކީ ލަންކާ އަށް ރާއްޖެއިން ކުރި އިތުބާރާއި ބޭއްވި ގާތްކަން ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އާއި ލަންކާ އާއި ދެ ޤައުމަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތި ކަމަށާ، އެކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: