ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުބް މަންގަލް ސާވްދާން އަށް ދެ އަހަރު، ބޫމީ ވަރަށް އިމޯޝަނަލް!

ޝުބް މަންގަލް ސާވްދާން. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ބޫމީ ޕެޑްނޭކަރް އޭނާގެ ފިލްމް ޝުބް މަންގަލް ސާވްދާން އަށް ދެ އަހަރު ފުރުން ތަފާތުގޮތަކަށް ފާހަގަކޮށްފިއެވެ.

އޭނާ ވަނީ މީސް މިޑިއާގައި ވަރަށް ދިގު އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ. ޝުބް މަންގަލްގައި އޭނާ ފެނިގެން ދިޔައީ ބަތަލާ އަޔުޝްމަން ޚުރާނާ އާއި އެކުއެވެ.

އޭނާ ވަނީ ސެޓުން ފޮޓޯ އަކާއި އެކު އިންސްޓަގްރާމް ޕޯސްޓެއް ވެސް ކޮށްފައެވެ. ބޫމީ އަކީ އޭނާގެ ތަފާތު ވާސެޓައިލް ރޯލްތަކަށް މަޤްބޫލް ފަންނާނެކެވެ.

އަދި ރޯލަށް ތައްޔާރުވެ ވަކި ގޮތަކަށް ހަށިގަނޑު ބައްޓަން ކުރުމަކީ ބޮލީވުޑްގައި މަދުން ނޫނީ ނުފެންނަ ކަމަކަށް ވާއިރު ބޫމީ އަކީ މިފަދަ ކަންކަމުގައި ރިސްކް ނަގާ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ.

ބޫމީ އިޝާރާތްކުރި އެ ފިލްމްގައި ފެނިގެން ދަނީ ސުގަންދާ ޖޯޝީގެ ރޯލުންނެވެ. ޝުބް މަންގަލް ސާވްދާން އަކީ ތަމަޅަ ފިލްމް ކަލްޔާނާ ސަމަޔަލް ސާދަމްގެ ރީމޭކް އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: