ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުން ޒުވާނުން ހޭލައްވާނަން: ރައީސް ސޯލިހު

އެމްޑީޕީ ޔޫތު ކޮންގްރެސްގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ދެންޖެހޭ ފަރުވާތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިޔަށްދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިފަދައިން ވިދާޅުވީ އެމްޑީޕީއިން ބޭއްވި ޒުވާނުންގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުކާރުގެ ސިޔާސަތުތަކަކަކީ ޒުވާނުންގެ މައްޗަށް ބިނާވެފައި ހުންނަ، އަމާޒުތަކަކަށް ވާންޖެހޭކަމަށާއި މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ޒުވާނުންނަށް ފޮނި އުންމީދުތަކެއް ގެނުވަދޭގޮތަކަށްކަމަށެވެ.

ގައުމެއް ބިނާ ކުރުމުގައި ޒުވާނުންގެ ބަސް އަބަދުވެސް ބޭނުންވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޒުވާނުންނަށް ދިމާވާ އެންމެ ބޮޑެތި މައްސަކަތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ތައުލީމާއި ހިމެނޭއިރު، އެކަންތައް ފުރިހަމަކޮށްދިނުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

ޖަލުތަކަކީ އެ ޒުވާނާ ބަންދު ކުރާ ތޭރިތަކަކަށް ވެގެންނުވާނެކަމަށާއި، އޭގެ ބަދަލުގައި ޖަލުންވެސް ދޭންވީ ފަރުވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް އިތުރަށް ވިދާޅުވި އަދި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ފަރުވާއަށް ބޭނުންވެފައިވާ އަށްސަތޭކައަށް ވުރެ ގިނަ ޒުވާނުން އެބަތިބިކަމަށާއި، ސަރުކާރުގެ އަމާޒަކީ އެއީ ރަނގަޅު ފަރުވާލިބި އާއިލާއާއި އެކު ދިރިއުޅޭ ކުދިންތަކަކަށް ހެދުންކަމަށެވެ.

ގައުމުގައި ޒުވާނުންގެ ބަސްވިކެންޖެހޭކަމަށް ބުނެ، ވަކާލާތު ކުރަމުންދާއިރު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ މުޖްތަމައުގެ ތެރެއަށް ނިކުންނަ ޒުވާނާއަށްވެސް ހަމަ އެ ފުރުސަތު ލިބެންޖެހޭ. އިޖްތިމާއީ ކަންކަމުގައި އެ ޒުވާނުންގެ ބައިވެރިވުން އެހާހިސާބުން އިތުރު ކުރަންޖެހޭ. ޒުވާނުންގެ ތެރޭގައި އަނިޔާގެ ސަބަބުންނާއި، ނުވަތަ ދިރިއުޅުމުގައި ދިމާވާ ކަމަކުން މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ޒުވާނުން ތިބިއިރު ފުރަތަމަ އަމާޒަކަށްވާންވާނީ އެކަމުގެ އެހީދިނުން

މަސްތުވާތަކެތީގެ ވަބާގައި ޅަ އުމުރުފުރާގައި ކުދިންޖެހި، ޖީލެއް ގެއްލި ދިއުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ޖަލުގައި ތިބޭ 65 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލައިގައި ޖަލަށް ލެވޭ މީހުންކަމަށެވެ. 

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިމާވެފައިވާ އެ މައްސަލަ ހައްލު ކުރުމަށް ނުވަތަ އެ ކުދިންނަށް އެހީތެރިކަން ފީރުކޮށްދިނުމަށް ސެންޓަރުތަކެއް ގާއިމްކޮށްފައިވާކަމަށާއި، އައްޑޫ ސިޓީ ހުޅުދޫގައި އިތުރު ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާ ނުލިބުން ނުވަތަ ވަޒީފާއެއް އަދާ ނުކުރުމުގެ މައްސަލައަށް ހައްލެއް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އެކު އެމްޑީޕީގެ އެންމެ އިސް މަގާމުގައި ހުންނެވި ރައީސް ސޯލިހު ވަނީ އެ ޕާޓީ ވެރިކަމަށް އައުމުގައި ޒުވާނުން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ އެއްވުންތަކާއި އެކި ހަރަކާތްތަކުގައި އެ ޕާޓީގެ އަސްލު ސައިޒް ދައްކާދީފައިވަނީ ޒުވާނުންގެ މަސައްކަތުން ކަމަށް ރައީސް ވިދާޅުވ އެވެ. ޒުވާނުންގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ރާއްޖޭގައި ވޯޓްލުމުގެ ހައްގު 21 އަހަރުން މައްޗަށް އޮތްއޮތުން ބަދަލުކޮށް 18 އަހަރުން ފެށިގެން ވޯޓް ލުމުގެ ހައްގު ހޯދައިދިނީ އެމްޑީޕީން ކަމަށާއި ޒުވާނުނަށް ޑިމޮކްރަސީ ދައްކާދިނީ އެމްޑީޕީއިން ކަމަށްރައީސްވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: